Saturday, June 30, 2007

ސީއެޗްއެސްއީގެ 749 ދަރިވަރުންގެ ޕެޓިޝަނެއް އާމިރާއަށް

ހޮނިހިރު 30 ޖޫން 2007

ސީއެޗްއެސްއީގެ ޕުރިންސިޕަލް ފާތުމަތު އަމީރާއަށް މި ސިޓީއާއި އެކު ޖޫން 2007ގައި ފޮނުވާފައިވާ ޕެޓިޝަނުގައި 749 ދަރިވަރުން ސޮއި ކޮށްފައިވެއެވެ. އެގޮތުން 2007 ސީއެޗްއެސްއީން ދަސްވެނިވި 180 ކުދިނާއި މިހާރު ގްރޭޑް 12 ގަ ތަޢުލީމް ހާސިލްކުރާ 566 ދަރިވަރުން ސޮއި ކޮށްފައިވެއެވެ. ދަރިވަރުންގެ ސޮއިގެ ކޮޕީ މިސިޓީގެ ތިރީގައި މިވަނީއެވެ. އަޅުގަނޑުމެން ތަކުރާރުކޮށް ގޮވާލަނީ މިއަސާސީ ޙައްޤު ދަރިވަރުންނަށް ފޯރުކޮށް ދިނުމަށެވެ. އެހެންނޫނީ އިހުތިޖާޖުކުރަން ފަސްނުޖެހޭނެ ވާހަކަ ދެންނެވީމެވެ. .


a



ސީ.އެޗް.އެސް.އީގެ ލޭފަވެތި ޕްރިންސިޕަލް އަލްފާޟިލާ ފާތުމަތު އާމިރާއަށް ވެދުންސަލާމަށްފަހު ދަންނަވަމެވެ. ސީ.އެޗް.އެސް.އީ އަކީ ރާއްޖޭގައި އޭލެވެލް އަށް ކިޔަވައިދޭ އެންމެ ދުވަސްވީ އެންމެ ސީނއަރ ސެންޓަރެވެ. މާލޭގައި ހުރި ހަމައެކަނި ސަރުކާރު އޭލެވެލް މިސެންޓަރުން ވޭތުވެދިޔަ 15 އަހަރު ދުވަހުތެރޭގައި 6052 ދަރިވަރަކު ތަޢިލީމު ހާސިލްކޮށްފައިވެއެވެ. އަހަރަކަށްވުރެ އަހަރެއް މިސެންޓަރުގެ އާބާދީ އިތުރުވަމުން އައިސްފައިވެއެވެ. ހަމަ އެއާއެކު ބަޖެޓްވެސް ބޮޑުވަމުން އާދެއެވެ. މިއަހަރަށް ލަފާކުރި މިސެންޓަރުގެ ބަޖެޓަކީ 18,895,719 ރުފިޔާއެވެ. މިއާއެކު އަޅުގަނޑުމެންގެ ބޭނުންތައްވެސް އިތުރުވަމުންދެއެވެ. އަޅުގަނޑު މިސިޓީ ލިޔުމުގެ މަޤްސަދަކީ، އަޅުގަނޑުގެ އިތުރުން މިސެންޓަރުގެ ގިނައަދަދެއްގެ ދަރިވަރުންގެ ކަންބޮޑުވުމެއް ހުށަހަޅާލުމެވެ. ވަރަށް ގިނަ ދަރިވަރުންގެ އެދުމުގެ މަތިންނެވެ. މިސިޓީއާއެކު މިކަމަށް ތާއީދުކުރާ ވަރަށްގިނަ އަދަދެއްގެ ދަރިވަރުންގެ ސޮއިވެސް ހިމަނާފައިވާނެއެވެ. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެބޮޑު ދަތިކަމަކީ ނޯޓްސް ގަންނަންޖެހުމެވެ. ނޯޓްސް ޕޮޓޮކޮޕީ ހައްދަންޖެހުމެވެ. ސިލަބަހުގައި ކަނޑައެޅިފައިވާ ޓެކްސްޓް ފޮތްތައް ހުރިކަމުގައި ވިޔަސް އަޅުގަނޑުމެނަށް ގިނައިން މިޖެހެނީ ޕްރިންޓެޑް ނޯޓްސް ކޮޕީހައްދާށެވެ. މިއީ ވަރަށް ދަތި ކަމެކެވެ. ގިނަފަހަރަށް އޮންނަނީ ކޮޕީ ނުހެއްދިފައެވެ. ފައިސާގެ ދަތިކަންވެސް ބައެއްކުދިންނަށް ބޮޑީއެވެ. އަޅުގަނޑުގެ ނަޒަރުގައި މާލޭގައި ހުރި ހަމައެކަނި ސަރުކާރު، އަދި ރާއްޖޭގެ އެންމެ ޕްރޮފެޝަނަލް، އޭލެވެލް ސެންޓަރުގެ ހައިސިއްޔަތުން، އޯލެވެލްގެ އެންމެ ރަގަޅު ނަތީޖާ ހާސިލްކުރާ ކުދީންނަށް ހިތްހަމަޖެހުމާއެކު ތަޢުލީމު ލިބިގަތުމުގެ ފުރުސަތު މިސެންޓަރުން ލިބެންވާނެއެވެ. މިދެންނެވީ އެފުރުސަތު މުޅިންނެތް ވާހަކައެއް ނޫނެވެ. ނަމަވެސް އަމީނިއްޔާ މަޖީދިއްޔާފަދަ ސަރުކާރުގެ ސާނަވީ ސްކޫލްތަކުންވެސް، ކޮޕީ ހައްދަންޖެހޭ އެއްޗިހި ހިލޭ ފޯރުކޮށްދެވޭއިރު ސީ.އެޗް.އެސް.އީގެ ދަރިވަރުންނަށް އެޚިދުމަތް ހިލޭ ނުލިބެންވީ ސަބަބެއް ނެތެވެ. އަޅުގަނޑުމެންނަށް އެފުރުސަތުލިބުން ހައްޤުކަން ބޮޑެވެ. އަޅުގަނޑުމެންނަށް ނޯޓްސް ކޮޕީ ހައްދަން ޖެހުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވެއެވެ. ފައިސާ އިތުރުން ވަގުތުގެ ދަތިކަންވެސް ކުރިމަތިވެއެވެ. އެންމެ ޕޮޓޯކޮޕީ މެޝިނަކުން ޚިދުމަތް ލިބިގަނެވެނީ ގިނަފަހަރު ކިއުގަ ޖެހިގެން ހުރެ ގިނަ ވަގުތުތަކެއް ބޭކާރުވެގެންނެވެ. ވުމާއެކު އެންމެ ހިތްހަމަޖެހިގެން ކުލާހުގައި ތިބެ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ވަރަށްކުޑައެވެ. ގަޑިއަށް ނޯޓްސް ހެއްދުން އުދަގުލެވެ. އަޅުގަނޑުމެން ބޭނުންވަނީ މިއަށްވުރެ ލުއިފަސޭހަގޮތަކަށް ނޯޓްސް ލިބި، ކުލާހުގައި ތިބެ ހިތްހަމަޖެހުމާއެކު ގަޔާވެގެން ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށާއި ކުރިއަށްއޮއްތާ މިސެންޓަރުން ތަޢުލީމު ހާސިލް ކުރާނެ އެންމެހާ ދަރިވަރުންނަށް ލިބިގެންދިއުމެވެ. އަޅުގަނޑުމެންނަށް ސްކޫލްފަރާތުން ނޯޓްސް ހިލޭ ލިބޭނެ މަގެއް ފަހިވުމެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތަށް ބުރަވާއިރު ސްކޫލް ފަރާތުން ސޯޅަ ސަތޭކައެއްހައި ދަރިވަރުންނަށް ޕޮޓޯ ކޮޕީގެ ޚިދުމަތް ފޯރުކޮށްދޭން މާސިންގާ ޚަރަދުތަކެއް ހޭދަކުރާކަށް ނުޖެހޭނެއެވެ. ނިސްބަތުން ކުޑަ ހަރަދަކުން މިކަން ކުރެވޭނެ މަގުތައް އެބަހުއްޓެވެ. ވުމާއެކު، އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުމެންގެ މިކަންބޮޑުވުމާމެދު ސްކޫލުން އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމެވެ. އަދި ސްކޫލް ބަޖެޓުން މިކަން ކޮށްދެވެންނެތް ނަމަ އެޑިޔުކޭޝަން މިނިސްޓްރީ ގައި ނުވަތަ ކަމާބެހޭ އެހެން ފަރާތެއްގައި ނަމަވެސް ދަންނަވައިގެން މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމެވެ. އަޅުގަނޑުގެ އުންމީދަކީ ސްކޫލް މެނޭޖްމަންޓުން އަބަދުވެސް ކަންތައްކުރަމުންގެންދާނީ ދަރިވަރުންނަށް އެންމެފައިދާ ހުރި ގޮތަށް
ކަމެވެ. ޖޫން 2007 އިޚުތިރާމްޤަބޫލުކުރެއްވުން އެދެމެވެ


އަލްމުޚުލިސް

މޫސާ އަންވަރު

(އެންމެހާ ދަރިވަރުންގެ ފަރާތުން)

ޕެޓިޝަނުގައި ސޮއިކުރި 749 ދަރިވަރުންގެ ސޮއި







































ެ ____________________________________________________________

No comments: